ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS24/2025/25
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 26 އޮގަސްޓް 2025 14:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރ ގެ ކުނިކަހާ ފޮޅާސާފުކުރުން އަދި މެއިންޓެނަންސް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ ދަށުން ހިނގަމުންދާ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލު) އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 30 އޭޕްރީލް 2026 ގެ ނިޔަލަށް ކުނިކަހާ ފޮޅާސާފުކުރުން އަދި މެއިންޓެނަންސް ބަލަހައްޓައި ދޭނެފަރާތެއް ބޭނުންވެއްޖެއެވެ. މި އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 އޯގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް،  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ.

ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/H8wqfRXzimZkBgZk7

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  31 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

 

 

17 އޯގަސްޓް 2025

17 އޮގަސްޓް 2025