ދިވެހިރާއްޖެ
އިޢުލާން
އަންހެން ފުޓުސަލް މުބާރާތް ފަސްކުރުމާއިގުޅޭ:
މިކައުންސިލްގެ ނަންބަރު: (IUL)307/INDIV/2025/50 އިއުލާނުން އާއްމުކުރެވިފައިވާ އަންހެން ފުޓުސަލް މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހުނު ތާރީޚް މިހާރުވަނީ 02 އޮކްޓޯބަރ 2025 އަށް ފަސްކުރެވިފައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ކުރިން ހަމަޖެހުނު ތާރީޚް ފަސްކުރެވުނީ ޓީމުތަކަށް ޕުރެކްޓިސްކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.
ވީމާ، މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރި ވުމަށް އެދޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. އަދި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމްގެ ލިންކް އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އާންމު ކުރީމެވެ. އަދި މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައި ނަމަ 7801241 (ކައުންސިލް މެންބަރ އިބްރާހީމް ނުހާން) ނުވަތަ 9524922 (ފައިނޭންސް އޮފިސަރ މުޙައްމަދު ސުހައިލް) އަށް ގުޅުއްވުން އެދެމެވެ.
ފޯމްލިންކް: ފޯމް ލިންކް
ޤަވާއިދު: ޤަވާއިދުގެ ލިންކް
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.