ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-B/249/2025/74
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 21 އޮގަސްޓް 2025 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އަތޮޅު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރުވުމަށް ފުރުސަތު ހުޅުވާލުން

          ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަށް ވާދަކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ބާއްވާ އޮޑިޝަން 30 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހު ހއ ކެލާގައި އޮންނާނެވެ.     

          ވީމާ މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވައި މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި އެރަށެއްގެ ނަމުގައި ބައިވެރިވެވެނީ 2025 ޖުލައި 08 ގެ ކުރިން އެ ރަށެއްގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް އެކަނިކަމުގައި ދަންނަވަމެވެ. މި ޢިއުލާނާއި އެކު ބައިވެރިވުމަށް އެދޭ ފޯމު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ކައުންސިލް އިދާރާގެ ރިސެޕްޝަނުން ފޯމް ލިބެން ހުންނާނެއެވެ.

14 އޮގަސްޓް 2025