ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS63-AD/GS63/2015/23
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 15 އޮކްޓޫބަރު 2015 14:30
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

   މަޤާމު:                     ސްކޫލް ހެލްތު އޮފިސަރ

   ބޭނުންވާ އަދަދު:                1       

   ރޭންކް:                     އެމް އެސް 1

   ކްލެސިފިކޭޝަން:               އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

   މުސާރަ:                   -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             ވޭމަންޑޫ ސްކޫލް

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    އިދާރީ ސެކްޝަން/ ތ ވޭމަންޑޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލްގެ ކިޔަވައިދޭ ގަޑިތަކުގައި އުޅުއްވަންވާނީ ހެލްތުރޫމްގައެވެ. އެއްވެސް ސަބަބަކާހުރެ ހެލްތުރޫމުން ބޭރަށް ދުރުވަންވެއްޖެނަމަ ހެލްތުރޫމް ރެކޯޑްފޮތުގައި ލިޔުއްވާފައި ދުރުވުން.

2- އިންޓަރހައުސް އަދި އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކާއި އަދި މީގެ އިތުރުން ކުދިންނަށް ބޭއްވޭ ތަފާތު ޙަރަކާތްތަކުގައި ބޭނުންވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމުކުރުން.

3- ހެލްތުރޫމަށް ގެނެވޭ ކޮންމެ ކުއްޖެއްގެ ރެކޯޑު ކުރެއްވުމަށްފަހު ކޮންމެދުވަހަކުވެސް ސެޝަން ނިމުމުން އެގްރޭޑްއަކާ ހަވާލުވެގެން ހުންނަވާ ލީޑިންގ ޓީޗަރަކަށް ރިޕޯޓް ހުށަހެޅުއްވުން.

4- ބެލެނިވެރިޔާއާ މަޝްވަރާކޮށްފައި ނޫނީ ބޭހެއް ކުއްޖަކަށް ނުދެއްވުން.

5- ހެލްތުރޫމަށް ބަލިހާލުބޮޑުވެގެން ގެނެވޭ ކުދިންގެ ބެލެނިވެރިންނަށް ވަގުތުން އެކަން އެންގުން. އަދި އެވަގުތަކު ހުންނަވާ އިސްވެރިއެއްގެ ސަމާލުކަމަށް އެކަން ގެނައުން.

6- މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ގެންދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިން އޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.

7- ހެލްތުރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

8- ދަރިވަރުންނާއި މުޢާމަލާތުކުރުމުގައި އޯގާތެރިކަމާއެކު މުޢާމަލާތުކުރުން.

9- ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދިއުން.

10- ޢާންމުކޮށް ހެލްތުރޫމްގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.

11- ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައްކުރުން.

   - ފާޚާނާތަކުގެ ސާފުތާހިރުކަން ބެލުން.

   - ފާޚާނާގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން. މިސާލު ފުލެސްޓޭންކް، އިސްކުރު

   - ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.

   - ކޮރިޑޯތައް ޗެކްކުރުން.

12- ޞިއްޙީ ކަންކަމާބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލުދެއްވައި އެހީތެރިވުން.

13- ޓާމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި ރެކޯޑުތައް ބެލެހެއްޓުން.

14- ކުދިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގުން. ކުދިންނަށް މަޢުލޫމާތުދިނުން.

15- ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރެއްގެ އަހަރީ ރިޕޯޓާއި އަންނަންއޮތް އަހަރުގެ އެކްޝަން ޕްލޭން މިނިސްޓްރީއަށް ފޮނުއްވުން.

16- ހެލްތުރޫމުގެ އެނދުފޮތިތަކާއި ބާލީހުއުރަތައް މަދުވެގެން ހަފުތާއަކު 3 ފަހަރު ބަދަލުކުރުން.

17- ހެލްތުރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

18- ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމަޔަށް ބެހެއްޓުން.

   ސްކޫލްތެރޭގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދިނުން.  

ޝަރުޠު:

1. ހެލްތް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، ހެލްތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމީ ގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު 18 އޮކްޓޫބަރު 2015 އާއި 31 އޮކްޓޫބަރު 2015 އާ ދެމެދުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ފޯމު ލިބިވަޑައިގަންނަވާނީ ވޭމަންޑޫ ސްކޫލް އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ވޭމަންޑޫ ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން ވޭމަންޑޫ ސްކޫލްގެ އޮފީހަށް.

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވޭމަންޑޫ ސްކޫލްގެ ނަންބަރު 6780564 ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2015