ކުއްޔަށް ހިފުން
ނަންބަރު: I6C-A/2025/21
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 22:02
ސުންގަޑި:
17 އޮގަސްޓް 2025 00:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ކޯޓު ހިންގުމަށް ވަގުތީ ޢިމާރާތެއް ކުއްޔަށް ހިފުމަށް މި ކޯޓުން ކުރި ނަންބަރު: I6C-A/2025/20 އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅަންޖެހޭ ތާރީޚް ބަދަލު ކުރުން.
މި ކޯޓު ހިންގުމަށް ވަގުތީ ޢިމާރާތެއް ކުއްޔަށް ހިފުމަށް މި ކޯޓުން ކުރި ނަންބަރު: I6C-A/2025/20 (4 އޮގަސްޓް 2025) އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅަންޖެހޭ ތާރީޚްކަމަށް އިޢުލާނުގައި ބުނެފައިވާ ތާރީޚް ނޫން އެހެން ތާރީޚެއް އެ އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބުނެވިފައިވާތީ، ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތާރީޚް ކަމުގައިވާ، 17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 13:30 އަށް އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓަށް ކަމުގައި ދަންނަވަމެވެ. އަދި މި ދެންނެވި ގަޑީގެ ފަހުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
13 އޮގަސްޓް 2025