މަސައްކަތް
ނަންބަރު: (IUL)391-ESMS/391/2025/86
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 21 އޮގަސްޓް 2025 14:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިން ކުރުމާއިބެހޭ

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިން ކުރުމާއިބެހޭ

       ތ.ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިންކޮށް ބީއޯކިޔު ހަދައިދޭނެ  ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)391-ESMS/391/2025/69 (16  ޖޫން 2025) ގެ އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ބޮޑުކަމަށް ފެންނާތީ އަދި ކުރިން ދެވިފައިވާ ކްރައިޓީރިއާ އަލުން އިސްލާހުކުރުމަށްފަހު، އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

 

ޕްރީބިޑް މީޓިން: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 17 އޮގަސްޓް 2025 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން 6780674 / 6780676 މި ނަންބަރާއި ގުޅައިގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ.

ބިޑް ހުށަހެޅުން: 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އެހެނިހެން ކަންކަން: 

 ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި އީމެއިލްގެ ޒަރިއްޔާއިންވެސް ބިޑް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. (ބިޑްގެ ލިންކް އީމެއިލްއިން ހިއްސާކުރެވޭނެ ވާހަކަ ދަންނަވަން)  

  • ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި 1 (އެކެއް) ބިޑެވެ.
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780674 / 6780676 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 އޮގަސްޓް 2025