ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2025/63
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 31 އޮގަސްޓް 2025 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު މަސައްކަތްތެރިންގެ މަޢުރަޒު 2025

ލ. އަތޮޅުގެ މަސައްކަތްތެރިންގެ ހުނަރު ފާހަގަކޮށް ކުރިއަރުވައި ހުނަރުވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް އުފެއްދުންތަކުގެ ފެންވަރު އެއްތަނަކުން ފެންނާނެ ގޮތަށް "ލާމަސީލުލާމު މަސައްކަތްތެރިންގެ މަޢުރަޒު 2025" ނޮވެންބަރު 07އިން 08އަށް ލ. ފޮނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް ލ. އަތޮޅުގެ މަސައްކަތްތެރިންނަށް ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މަޢުރަޒުގައި ބައިވެރިވުމަށް އެދި، 2025 އޮގަސްޓު 31ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ލާމަސީލުލާމު މަސައްކަތްތެރިންގެ މަޢުރަޒުގައި ބައިވެރިވުމާއި، މިންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއެކު ހިމެނީމެވެ.  

11 އޮގަސްޓް 2025