މުބާރާތް
ނަންބަރު: (IUL)409/409/2025/52
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 18 ސެޕްޓެންބަރު 2025 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Raaveriya volley mubaaraaiy 2025

ރާވެރިޔާ ވޮލީ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

           ކޮންމެ އަހަރަކު މިކައުންސިލުން ބާއްވަމުން ގެންދާ ރާވެރިޔާ ވޮލީ މުބާރާތް މިއަހަރުގެ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން 2 ޑިވިޛަން އަށް ބަހާލައިގެންނެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ގއ، ގދ، ޏ، އަދި ސ އަތޮޅުގެ ރަށްތަކަށެވެ. މިމުބާރާތް ކުރިޔަށްދާނީ ގއ.ނިލަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ވޮލީ ކޯޓުގައެވެ.

         މިމުބާރާތުގެ ކޮންމެ ޑިވިޛަނެއްގެ ޗެމްޕިއަން ޓީމަށް 50,000/- (ފަންސާސްހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25,000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

         ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެމްބަރ ޒިޔާދު މުޙައްމަދު ( ފޯން: 9114482 ) އާއި ގުޅުއްވުން އެދެމެވެ.

     މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

         18   ސަފަރު  1447  

         12  އޯގަސްޓް  2025

12 އޮގަސްޓް 2025