ބީލަން
ނަންބަރު: GS-190/2025/010
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 19 އޮގަސްޓް 2025 13:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ދަނބިދޫ ސްކޫލްގެ ބްލޮކް-އޭ ގެ 4 ވަނަ ކްލާސްރޫމް މަރާމާތު ކުރުމާއި ގުޅޭ

އިޢުލާނު

ދަނބިދޫ ސްކޫލްގެ ބްލޮކް-އޭ ގެ 4 ވަނަ ކްލާސްރޫމް މަރާމާތު ކުރުމާއި ގުޅޭ

 

       ދަނބިދޫ ސްކޫލުގެ ކުރީގެ ރެޑްބާނާ ހޯލް ބްލޮކް-އޭ ގެ 4 ވަނަ ކްލާސްރޫމް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓު 2025 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން ބިޑްރަޖިސްޓްރީ ފޯމް ފުރުއްވައި މި އިދާރާގެ އި-މެއިލް [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ. ނުވަތަ ދަނބިދޫ ސްކޫލްގެ އޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

      ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ތާރީޙުގައި މަޢުލުމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ދަނބިދޫ ސްކޫލް

27 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގައި ދަނބިދޫ ސްކޫލް

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

 

    ބިޑްރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

12 އޮގަސްޓް 2025

12 އޮގަސްޓް 2025