ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/278
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 15 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ އޮފް އެޑްމިން އެން އެޗްއާރް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ އޮފް އެޑްމިން އެން އެޗްއާރް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

25,000 – 30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން . އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ މައި މަރުކަޒާއި އަދި ކޯޕަރޭޝަންގެ ސައިޓް އޮފީސްތަކުގައި ބޭނުންވާނޭ އެންމެހައި އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން.
  2. ކޯޕަރޭޝަންގެ ހުރިހާ ފަންތިއެއްގައިވެސް ޢަމަލު ކުރަން ޖެހޭ އިދާރީ ސިޔާސަތުތަކާއި، ހަމަތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުވުން.
  3. ކޯޕަރޭޝަންގެ މަސައްކަތްތައް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ އޮފީސް ސްޓްރަކްޗާރ ގާއިމުކޮށް ބެލެހެއްޓުން.
  4. އިދާރިގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުން. އޭގެ ތެރޭގައި ބައްދަލުވުންތައް ހަމަޖެއްސުމާއި، ތަރުޖަމާކުރުމާއި، އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  5. ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެވޭނެ ފަދަ ޔުނިޓެއް ގާއިމެކޮށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުން.
  6. ފެންވަރު ރަނގަޅު އައި.ޓީ ޚިދުމަތެއް ފޯރުކޮށް ދިނުމާއެކު އައި.ޓީ ދާއިރާއިން ދިމާވެދާނެ މައްސަލަތައް ހައްލުކުރެވޭނެ ފެންވަރުގެ އޮނިގަނޑެއް އެކުލަވައިލުން. މިގޮތުން އަ.އި.ޓީ އާ ގުޅުންހުރި ސިޔާސަތުތަކާއި، މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުން.
  7. ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމުގައި ޢަމަލުކުރާނެ ސިޔާސަތުތަށް އެކުލަވައިލުމާއި، މުވައްޒަފުން ކޯޕަރޭޝަންގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމާއި، އަލަށް ކޯޕަރޭޝަންގެ މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.  
  8. ކޯޕަރޭޝަންގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުން.
  9. މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް އެކުލަވައިލުމާއި، މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން މަސައްކަތުގައި ދެމިތިބުމަށް ބާރުއެޅުމަށް ޕްރޮގްރާމްތައް ހިންގުން.
  10. މުވައްޒަފުންނަށް މަސައްކަތު މާހައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ދިމާވާ މައްސަލަތަކަށް ކޯޕަރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ހޯދައިދިނުން.
  11. ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓުގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
  12. އެހެން ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުން.
  13. ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރް ޑިޕާޓްމަންޓް، ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
  14. ކޯޕަރޭޝަންގެސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ފެންވަރާއި މަސައްކަތާއި ގުޅުން ހުރި ދާއިރާގެ ތަޖުރިބާ
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅުން ހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.     
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދުގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
05 އޮކްޓޫބަރު 2015