ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ ކިނބިދޫ ކައުންސިލްގެ ކުޅިވަރު ހަފްތާ ކޮމެޓީ އެކުލަވާލުމާ ގުޅޭ
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ކިނބިދޫ ކައުންސިލްގެ ކުޅިވަރު ހަފްތާ އޮކްޓޫބަރު މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުޅިވަރު ހަފްތާގެ އެންމެހާ ކަންކަން އިންތިޒާމް ކުރުމަށްޓަކައި ކުޅިވަރު ކޮމެޓީއެއް ނެގުމަށް ބޭނުންވެއެވެ. މި ކޮމެޓީ މެންބަރުންގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 3 އަންހެން މެންބަރުންނާއި 3 ފިރެހެން މެންބަރުންނެވެ.
ވީމާ، މިކޮމެޓީއަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާގެ 6780031 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6780031 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 ޞަފަރު 1446ހ.