ދިވެހިރާއްޖެ
މި މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާ ވިއްސާރަކޯޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މި މިނިސްޓްރީގެ މުނިސިޕަލް ސާރވިސް ޑިޕާޓްމެންޓްގެ މުވައްޒަފުން މަސައްކަތަށް ބޭނުންވާ ވިއްސާރަކޯޓު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން 29 ޖުލައި 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/176) އާ ގުޅިގެން މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ މެންދުރު 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ މެންދުރު 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
17 ޛުލްޙިއްޖާ 1436