ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޮލީކޯޓަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.
މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 19 އޯގަސްޓް 2025ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 19 އޯގަސްޓް 2025ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
މި ބިލާމާގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 21 އޯގަސްޓް 2025ވާ ބުރާސްފަތި ދުވަހުގެ 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.