މަސައްކަތް
ނަންބަރު: (IUL)365-ESD/365/2025/98
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 17 އޮގަސްޓް 2025 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލީ ބަދަނރުގައި ބެހެއްޓުމަށް ގަސްމުށި އަދި ބުރު ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

 މުލީ ބަދަނރުގައި ބެހެއްޓުމަށް ގަސްމުށި އަދި ބުރު ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

 މުލީ ބަނދަރު ސަރައްދުގައި ބެހެއްޓުމަށް 206 ގަސްމުށި އަދި 10 ބުރު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

206 ގަސްމުށި އަދި 10 ބުރު ހެދިފައި  ހުންނަން ވާނީ ކައުންސިލުން ދޭ މަޢުލޫމާތާ  ކުރެހުމާއި އެއްގޮތަށެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ގޮތުގެ ކުރެހުން މި އިޢުލާން އާއި އެކު ހިމަނާފައި ވާނެއެވެ.

 މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތުހުޅުވާ ލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރ: 2014/19) ގެ ދަށުންރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 11 އޯގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން 17 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު[email protected]އަށް އީމެއިލް ކުރެއްވުން، ނުވަތަ ރަޖިސްޓްރޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު ހުށަހެހެޅުއްވުން އެދެމެވެ.

 ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 2025 އޯގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން [email protected] އީ މެއިލް ކުރެއްވުންެއެދެމެވެ.

ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށައަޅަން ކަޑައެޅި ފައިވާ ތާރީޙާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.                                                                                                                                                                                                                                                                                                                                                                                                                                                                                                             

އެވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށައަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތު: %20 (ވިހި) ޕޮއިންޓް (އެއްމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތު ތަޖުރިބާ : (ދިހައެއް) ޕޮއިންޓް

   މިކަމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ވީމާމިކަން އާއްމުކޮށް އެއްގުމަށްޓަކާ އިޢުލާންކުރީމެވެ.

11 އޮގަސްޓް 2025