ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 415/415/2025/157(IUL) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
މަތީގައި ބަޔާންކުރެވިފައިވާ އިޢުލާނުގެ ރެޖިސްޓްރޭޝަން ކުރުމަށް ދެވިފައިވާ މެއިލްގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާތީ، އަދި މިހާރު މި މައްސަލަ ޙައްލުކުރެވިފައިވާތީ، މި އިޢުލާނުގެ ރެޖިސްޓްރޭޝަން މުއްދަތު އިތުރު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާ އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
 ތަން  | 
| 
 ބީލަމަށް ރަޖިސްޓްރީކުރެއްވުން  | 
 24 ޖުލައި 2025 އިން 18 އޮގަސްޓް 2025އަށް  | 
 18 އޮގަސްޓް 2025 ގެ 14:00 ގެ ކުރިން  | 
 ތިނަދޫ ސިޓީ ކައުންސިލް ނުވަތަ އީމެއިލް މެދުވެރިކޮށް  | 
| 
 ބީލަން ހުށަހެޅުން  | 
 25 އޮގަސްޓް 2025  | 
 11:00  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް  | 
17 ޞަފަރު 1447