މަސައްކަތް
ނަންބަރު: (IUL) PSM-FP/PSM/2015/122
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 08 އޮކްޓޫބަރު 2015 11:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އޮޕްޓިކަލް ފައިބަރ ކޭބަލް '' އެޅުމާއި، ފައިބަރކޭބަލް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-ENG/2015/155

               

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ބޭނުންތަކަށް މާލޭގެ އެކި ސަރަޙައްދުތަކުގައި އަޅަންޖެހޭ '' އޮޕްޓިކަލް ފައިބަރ ކޭބަލް '' އެޅުމާއި، ފައިބަރކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި 02 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު IUL) PSM-FP/PSM/2015/99) ނަންބަރު އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމުގެ މަރުޙަލާގައި އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

17 ޛުލްޙިއްޖާ 1436    

01 އޮކްޓޫބަރު 2015