ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2025/89
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 23 ސެޕްޓެންބަރު 2025 12:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހުރާ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން ފަސްކުރުމާއި ގުޅޭ

އިޢުލާން

ކ. ހުރާ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން ފަސްކުރުމާއި ގުޅޭ

          މި ކައުންސިލްއިން 03 އޮގަސްޓު 2025 ވަނަ ދުވަހު އިޢުލާން ކޮށްފައިވާ "ކ.ހުރާއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން" (އިޢުލާން ނަންބަރު (IUL)334/334/2025/87: އިޢުލާނުގައި ކ. ހުރާއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ދޫކުރުން ފަސްކުރުމަށް ކައުންސިލްގެ ކުއްލި ބައްދަލުވުމަކުން ވަނީ ނިންމާފައެވެ.

          ގޯއްޗަށް އެދި ހުށައަޅާ ފޯމް ދޫކުރުމަށް މިހާރު ހަމަޖެހިފައިވަނީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2025 އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:00 އަށް ކަމުގައި ދަންނަވާލަމެވެ. ފޯމް ލިބެން ހުންނާނީ މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިންނެވެ.

 

ފޯމް ބަލައިގަތުން

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ނިލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން ފެށިގެން 12:00 އަށް މި އިދާރާއިންނެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                 

                      10 އޮގަސްޓް 2025

10 އޮގަސްޓް 2025