މަސައްކަތް
ނަންބަރު: (IUL)391/391/2025/85
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 20:53
ސުންގަޑި: 10 ސެޕްޓެންބަރު 2025 14:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއި ބެހޭ

އިޢުލާނު

ތިމަރަފުށީ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއި ބެހޭ

މި އިދާރާގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިއުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި  ބީލަންތައް ހުޅުވުން އޮންނާނީ 21 އޮގަސްޓް 2025 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަންބަރު، އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 / 6780676 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 އޮގަސްޓް 2025