ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138/1/2015/282
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 15 އޮކްޓޫބަރު 2015 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް މަސްވެރިންގެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަޙައްދުން ނެގުން

ޢާންމުއިޢުލާނު

މާލެއާއި ވިލިނގިލީގެ ފަޅުގެ ގަވާއިދާ ޚިލާފަށް މާލޭގެ ފަޅުގެ މަސްމާރުކޭޓް ހުޅަނގު ފަރާތުގައި ދަތުރުނުކޮށް ގަވާއިދާ ޚިލާފަށް މަސްވެރިންގެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް އެސަރަޙައްދުން 15 އޮކްޓޫބަރު 2015 ދުވަހުގެ ނިޔަލަށް ނެންގެވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަންގަވައިފިނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިމިނިސްޓްރީ ގުޅިގެން އެއުޅަނދުތައް އެސަރަޙައްދުން ނަގައިގެން އެފަދަ އުޅަނދުފަހަރު ބޭއްވުމަށް މި މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ގެންދެވޭނެއެވެ. އަދި އެ އުޅަނދު ނެގުމުގެ ތެރޭގައާއި، ނެގުމަށްފަހު އުޅަނދަށާއި އުޅަނދުގެ ތަކެއްޗަށް ލިބޭއެއްވެސް ގެއްލުމަކަށް މިމިނިސްޓްރީން ޒިންމާނުވާނެ ކަމުގައިވެސް ދަންނަވަމެވެ. އަދި އުޅަނދު ނެގުމަށްފަހު އަނބުރާ ދޫކުރެވޭނީ އުޅަނދު ނެގުމަށް މި މިނިސްޓްރީން ކުރި ޚަރަދު، އުޅަނދުގެ ވެރިފަރާތުން މި މިނިސްޓްރީއަށް ދެއްކުމުން ކަމުގައިވެސް ދަންނަވަމެވެ.

ވުމާއެކު، މިދެންނެވި އުޅަނދުތައް، 15 އޮކްޓޫބަރު 2015 ދުވަހުގެ ނިޔަލަށް އެސަރަޙައްދުން ނެގުމަށް އަންގައި އާންމުކޮށް އިޢުލާނުކުރީމެވެ.

 15 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015