ބީލަން
ނަންބަރު: (IUL)408-CA/408/2025/40
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 28 އޮގަސްޓް 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރަންޓް ހެދުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 

 

މި ރަށު އިރުމަތީ ބީޗް ސަރަހައްދުން އަމާޒުގެއާއި، ޕިންކްލައިޓާ އިންވެގެން އިރުން އޮތް ހުސްބިމުގައި ފުޑްކޯޓް ނުވަތަ ހޮޓާ ރެސްޓޯރަންޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ކަރުދާސް ވިއްކުން

2025 އޮގަސްޓް 10 ވާ އާދީއްތަ ދުވަހުންފެށިގެން 2025 އޮގަސްޓް 26 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ގއ.މާމެންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން

ބީލަން ހުށަހެޅުމުގެ ސުންގަޑި

2025 އޮގަސްޓް 28 ވާބުރާސްފަތިދުވަހުގެ 13:00އަށް

ބީލަން ހުޅުވުން

2025 އޮގަސްޓް 28 ވާބުރާސްފަތިދުވަހުގެ 13:05ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

13  ޞަފަރު 1447

07 އޮގަސްޓު 2025

07 އޮގަސްޓް 2025