ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)168-A/168/2025/8
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 25 އޮގަސްޓް 2025 14:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކުއިޒް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ހިއުމަން ރައިޓްސް ކުއިޒް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިސްނަގައިގެން ޔުނިވަރސިޓީ/ ކޮލެޖް/ ފެކަލްޓީތަކުގެ ދަރިވަރުން، އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކޮށް އަހުލުވެރި ކުރުވުމުގެ މަޤްޞަދުގައި ކުއިޒް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެމްބަރ 18 އިން 20 ގެ ނިޔަލަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަށުން ހިންގާ ފެކަލްޓީތަކަށް ހުޅުވާލަމެވެ.

މި ކުއިޒްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް، 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެކަން މިކޮމިޝަނަށް ހުށަހެޅުމަށް އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅުއްވާއިރު، ގުޅާނެ ފަރާތެއްގެ ނަމާއި، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 3003164 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ކުއިޒްގެ ގަވާއިދު މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7 އޮގަސްޓް 2025

07 އޮގަސްޓް 2025