ދިވެހިރާއްޖެ
އިޢުލާން ހެނބަދޫ ފުޓްސަލް ދަނޑުގެ ލައިޓްތަށް ބަދަލުކުރުމާއި ގުޅޭ މި ކައުންސިލްގެ އިއުލާން ނަންބަރ(IUL)285-MIM/285/2025/63 އާއި ގުޅިގެން އެކަށީގެން ވާ ވާރަށް އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ކައުންސިލުން ދޭ މަޢުލޫމާތު ޝީޓް އާއި އެއްގޮތަށް ފުޓްސަލް ދަނޑުގެ ލައިޓްތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 އޮގަސްޓު 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 13 އޮގަސްޓް 2025 ވަނަ ވާ ބުދަ ދުވަހުގެ 13:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި ޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 13 ސަފަރް 1447 07 އޮގަސްޓް 2025
|