ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2025/59
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 25 އޮގަސްޓް 2025 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ޢަމަލީ އިމްތިޙާނު ދިނުމާ ގުޅޭ

މިކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ޢަމަލީ އިމްތިޙާނު ދިނުމަށް އަންނަ ސެޕްޓެންބަރު މަހު މިއަތޮޅު ރަށްރަށަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު 2025 އޮގަސްޓް 25 ވަނަ ދުވަހު 12:00 ގެ ކުރިން އެރަށެއްގެ ރަށު ކައުންސިލަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

1- ލައިސަންސް ޚިދުމަތަށް އެދޭ ފޯމް

2- ފިޒިކަލް އެގްޒަމިނޭޝަން ސެޓިފިކެޓް  

3- ނިޔަމިކަމުގެ ސެޓްފިކެޓް

4- އައި ޑީ ކާޑު ކޮޕީ

5- ޕާސްޕޯޓް ސައިޒްގެ 2 ޕޮޓޯ

06 އޮގަސްޓް 2025