މުބާރާތް
ނަންބަރު: (IUL)383-MS&IM/383/2025/116
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 28 އޮގަސްޓް 2025 13:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ވިލުފުށީ ބަނދަރުމަތީގައި ރަށުގެ ނަން ފެންނާނެހެން މޮނިއުމެންޓެއް ފަރުމާކުރުމުގެ މުބާރާތް

ކޮޅުމަޑުލު ވިލުފުށީ ބަނދަރުމަތީގައި ރަށުގެ ނަން އިނގޭގޮތަށް މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލި މުބާރާތުގައި އެކަށީގެންވާ މިންވަރަށް ހުށަހެޅުން ލިބިފައިނުވާތީ، ޑިޒައިން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަލުން ހުޅުވާލަމެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެހެން ރަށުގެ ނަމާއި އެކު، ރަށުގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ބިނާއެއް ބަނދަރުމަތީގައި ތަރައްޤީ ކުރުމެވެ.

މި މުބާރާތުގައި ބައިވެރިވެ، އެންމެ ރަނގަޅު މޮނިއުމެންޓު ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް -/15،000 (ފަނަރަހާސް) ދިވެހިރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ޑިޒައިންތައް ހުށަހަޅަންވާނީ މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. އެނޫން ގޮތަކަށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

މި މުބާރާތާއި ގުޅޭ ތަފްސީލް ހިމެނޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

06 އޮގަސްޓް 2025