ބީލަން
ނަންބަރު: (IUL)378/2025/34
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 14 އޮގަސްޓް 2025 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ކުޑަކުދިންގެ ޕާކް ގެ ވަށާފާރު އަޕްގްރޭޑްކުރުން

އިޢުލާން

ދ.ހުޅުދެލީ " ކުޑަކުދީންގެ ޕާކް" ގެ ވަށާ ފާރު އަޕްގްރޭޑް ކުރުން

         މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތަށް ދ.ހުޅުދެލީ ކުޑަކުދީންގެ ޕާކުގެ ވަށާފާރުގެ އަޕްގްރޭޑް ކުރަންބޭނުންވެއްޖެއެވެ. 

         ވީމާ،  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު،  ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected]  މެދުވެރިކޮށް ބިޑް ރަޖިސްޓްރީކުރައްވާ، އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. 

         އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.  އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ،  ހުށައަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއެކު ހިމަނަންވާނެއެވެ.  މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

         މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރ 2024/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،  ޤާނޫނު ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

14 އޮގަސްޓް 2025

ބުރާސްފަތި

14.00

އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަޑި

17 އޮގަސްޓް 2025

އާދިއްތަ

13.15

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 13 އޮގަސްޓް 2025 (ބުދަ) ދުވަހުގެ 14.00 ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

         ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2025