ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)304-EDS/304/2025/137
                    ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
                    ޕަބްލިޝްކުރި ގަޑި:  10:56
                                            ސުންގަޑި: 
                            11 އޮގަސްޓް 2025 14:00
                        
                    
                މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރ.އަތޮޅު ކައުންސިލް ވޮލީބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމާއި ގުޅޭ
                                ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ.އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ ވޮލީބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 11 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި އިދާރާއަށް ފޯރމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. މި މުބާރާތާކީ ހަމައެކަނި ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މުބާރާތެއްކަން މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.
ބައިވެރިވެވޭނެ ފަރާތްތައް
- ދުވާފަރަށް/ ކަނދޮޅުދޫ އަށް ރަޖިސްޓްރީވެފައިވުން
 - ބައިވެރިވާން އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ދުވާފަރު/ ކަނދޮޅުދޫއަށް ރަޖިސްޓްރީގައި އޮތުން
 - ބައިވެރިވާން އެދޭ ފަރާތް ދުވާފަރު މީހަކާ ކައިވެނިކޮށްގެން އުޅުން.
 - ދުވާފަރުގައި ދިރިއުޅޭތާ މަދުވެގެން 06 މަސް ދުވަސްވެފައިވުން
 
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
12 ޝަފަރު 1447
06 އޮގަސްޓް 2025
                06 އޮގަސްޓް 2025