ދިވެހިރާއްޖެ
"ގއ.ދެއްވަދޫ ކައުންސިލްގެ ފުޓްސަލް ޓޯރނަމެންޓް 2025" އަދި "ހޭންޑް ބޯޅަ ޓޯރނަމެންޓް 2025" އިންތިޒާމްކުރުމަށް ފުރުޞަތު ހުޅުވާލުން
ރަށުގެ ކުޅިވަރުގެ ރޫޙް އާލާކުރުމުގެ މަޤްސަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ހޭންޑް ބޯޅަ ޓޯރނަމެންޓް 2025 (އަންހެން)" އަދި "ދެއްވަދޫ ކައުންސިލްގެ ފުޓްސަލް ޓޯރނަމެންޓް 2025 (20 އަހަރުން ދަށް)" ދެއްވަދޫ ކައުންސިލާއި ގުޅިގެން ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުން، ކްލަބް ޖަމިއްޔާތަކުން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް info@dhevvadhoo.gov.mv :އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.