|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
އެސިސްޓެންޓް އިންޖިނިއަރ
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/6,295 ރުފިޔާ
-/3,500 ރުފިޔާ
2,203/25 ރުފިޔާ
ނުރަސްމީގަޑިގައި ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް/ޕްރޮޖެކްޓް ޑިޒައިން އެންޑް ސްޕަވިޝަން ޔުނިޓް
|
|
ބޭނުންވާ އަދަދު
|
01
|
|
ޝަރުޠު
|
- ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
- ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާއި ގުޅުންހުރި އެހެން ދާއިރާ އަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރަށްރަށުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ ސާރވޭކުރުމަށް ފަހު
- ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓު ދިރާސާކޮށް އެފަރާތްތަކަށް ބޭނުންވާ ފަންނީ އިންޖިނިއަރގެ އިރުޝާދުގެ މަތިން ކޮންސަލްޓަންޓުންނަށް ދުވަހުން ދުވަހަށް ދިނުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމަށްޓަކައި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާ ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުން. އަދި އެފަރާތްތަކުން ހުށަހަޅުއްވާ ރިޕޯޓުތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން އިންޖިނިއަރގެ ލަފާގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި އެފަރާތަކަށް ދިނުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޓެންޑަރިންގ ޕްރޮސެސްގައި އެކި ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި ބިޑިންގ ޑޮކިއުމަންޓްސް ބަލާ ރިވިއު ކުރުން. އަދި މިއާ ބެހޭ ގޮތުން ތައްޔާރު ކުރަންޖެހޭ ލިޔުންތަކާއި ރިޕޯޓުތައް އިންޖިނިއަރގެ ލަފާގެ މަތިން ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލު ކުރުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެގްރީމެންޓާއި އެއާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސޮއި ކުރުމުގެ ކުރިން ހުއްދަ ހޯދާންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
- ރަށްރަށުގައި ނަރުދަމާ ނިޒާމްތައް ޤާއިމުކޮށް ތަރައްޤީ ކުރުމުގައި ޓެކްނޮލަޖީގެ ގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ އެކަމާ ގުޅޭ ހޯދުންތައް ހޯދައި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އޭގެ ބޭނުން ހިފޭނެ ފަދަ އުސޫލުތަކަކާއި ގަވާއިދުތައް އެކުލަވާލުމުގައި ބޭނުންވާ ފަންނީ ލަފާދިނުން.
- ރަށްރަށުގައި ޤާއިމް ކުރުވޭ ފެނާއި ނަރުދަމާ ނިޒާމްތަކާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލްއާއި ޑިޒައިންގ ރިޕޯޓުތައް އިވެލުވޭޓްކޮށް ބޭނުންވާ ފަންނީ ލަފާ ދިނުން. އަދި ތައްޔާރު ކުރެވޭ ރިޕޯޓުތައް ގަވާއިދުން ކަމާ ބެހޭ ފަރާތްތައް ފޮނުވުން.
- ރަށްރަށުގައި ޤާއިމް ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމްތަކާއި އަދި ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭ ރަށްތަކަށް ކަނޑައެޅޭ ތާވަލްއަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޕަވިޝަން އަދި މޮނިޓަރިންގ ދަތުރުތައް ކުރުން. އަދި ކުރެވޭ ދަތުރުތަކާއި ގުޅިގެން ސިސްޓަމްތަކުގެ ހާލަތު އަންގައިދޭ ރިޕޯޓު ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ފެނާއި ނަރުދަމާ ނިޒާމްތައް ޤާއިމްކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޔުޓިލިޓީ ކުންފުންޏާއި ޙަވާލުކުރެވުމުން ސިސްޓަމްތައް މޮނިޓަރކޮށް ބެލެހެއްޓުން. އަދި ސިސްޓަމްތަކާއި ގުޅޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯޓުތައް އިންޖިނިއަރގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން.
- އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާއި ކަނޑައެޅިފައިވާ ދުވަހަށް ހަވާލު ކުރުން. އަދި ބަޖެޓާއި އަހަރީ ރިޕޯރޓް ފައިނަލް ކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
- ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓްގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެންކްޓަރ އިން ތައްޔާރު ކުރެވޭ ވާރކްޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ޔުނިޓްގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން ގަވާއިދުން މޮނިޓަރކޮށް މަހަކު އެއް ފަހަރު ބާއްވާ ޔުނިޓްގެ އިސްވެރިޔާއަށް ރިޕޯޓު ހުށަހެޅުން. އަދި އިސްލާހު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިސްލާހީ ފިޔަވަޅު އެޅުން.
- މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ އާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
- އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
- ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 13 އޮކްޓޫބަރު 2015 އާއި 15 ޑިސެންބަރު 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
|
18 ޛުލްޙިއްޖާ 1436
|