ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BFS/1/2025/56
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:52
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ (ސީ.އޭ.ޓީ.އެފް)

ޗައިނާގެ ޓިއަންޖިންގައި، މިއަހަރު  އޮކްޓޫބަރ މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ (ސީ.އޭ.ޓީ.އެފް) ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް، ގަތުމުގެ ފުރުޞަތު، ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މައުލޫމާތު ޗައިނާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދީފައިވެއެވެ.

ސީ.އޭ.ޓީ.އެފް ފެއަރ އަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާ، ސީފުޑް އާއި މަސްވެރިކަމުގެ ދާއިރާ އަދި އިމްޕޯޓް އާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން، އާންމު ފަރާތްތަކުން ޒިޔާރަތްކުރާ ފެއާރ އެކެވެ. މި ފެއާރގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ތަފާތު އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މި ފެއާރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ ތެރެއިން އެންމެ ފުރަތަމަ ރެޖިސްޓަރ ކުރައްވާ  8  ބޭފުޅުންގެ ބޫތު ފީ އަދި ބޫތުގެ ކޮންސްޓްރަކްޝަން ހަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އިން ހިލޭ ފޯރުކޮށްދޭނެކަމަށް ވަނީ އަންގަވާފައެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ މުހިއްމު ފުރުޞަތެކެވެ.   

މި ފެއާރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އިއުލާންއާއެކުގައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 28 އޮގަސްޓް 2025 ވާ ބުރާސްފަތު ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ. އަދި މި ފެއާރގެ ބްރޯޝަރ މި އިއުލާނާ އެއްކަރުދާސް ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

05 އޮގަސްޓް 2025