ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)383-ESD/383/2025/115
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 11 އޮގަސްޓް 2025 13:15
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަލަމާލަމަށް ބޭނުންވާ އޮފީސް ކާޕެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަލަމާލަމަށް ބޭނުންވާ އޮފީސް ކާޕެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޮގަސްޓް 11 ވާ ހޯމަ ދުވަހުގެ މެންދުރު 13:15 ގެ ކުރިން https://forms.gle/DwEuqczPTdCh6mVQ6  މި ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. ފައިސާ މިއިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ސްލިޕް ގޫގަލް ފޯމަށް އެޓޭޗްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 18 ވާ ހޯމަ ދުވަހުގެ މެންދުރު 13:15 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 / 9774004 ފޯނަށް ގުޅުއްވުން އެދެމެވެ.

04 އޮގަސްޓް 2025