ދިވެހިރާއްޖެ
ވ.ފުލިދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓު ރޫމުގެ އެތެރެއާއި ބޭރު ފާރު މަރާމާތު ކުރުމުގެ މަސައްކަތް:
ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި އެއްގޮތަށް ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ހުޅަގު ފަރާތުގެ ކޮޅުބިތުގައާއި ކޯޓު ރޫމްގެ އެތެރެފަރާތުގެ ކޮޅުބިތުގައި ފިލާޖެހުމާއި ކޯޓު ރޫމުގެ އެތެރެއާއި ހުޅަނގު ފަރާތުގެ ބޭރުފާރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.
ބީލަން ހުށަހަޅާނީ 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން،މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
10 ޞަފަރު 1447ހ.
4 އޮގަސްޓް 2025މ.