މުބާރާތް
ނަންބަރު: (IUL)225-ATSS/225/2025/36
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 19:28
ސުންގަޑި: 11 އޮގަސްޓް 2025 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް-2025 ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

           މި އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ  "ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް - 2025" ،  2025 އޮކްޓޫބަރު 24ން 25ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

           މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް: މި ލިންކު https://forms.office.com/r/sm2xEhXM1b?origin=lprLink ބޭނުން ކުރުން އެދެމެވެ.

ތަފްޞީލް

ތާރީޚާއި ގަޑި

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް

11 އޮގަސްޓު 2025، 13:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

14 އޮގަސްޓު 2025، 13:00

ޕްރޮޕޯސަލް ހުށަހެޅުން

21 އޮގަސްޓު 2025، 13:00

 

 

 

           މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected]  އަށް  ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އެންމެ މަތީން މާކުސް ލިބޭ ރަށަކަށެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

03 އޮގަސްޓް 2025