ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2025/83
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 07 އޮގަސްޓް 2025 00:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން އަލަށް ހަދާފައިވާ މަގުތަކުގެ ދެފަރާތުގައި އިންދާފައިވާ ފަތްކެޔޮ ނެގުމާގުޅޭ

ގެވަޅުތަކާއި އިންވެގެން އަލަށް ހެދުނު މަގުތަކުގެ ދެފަރާތުގައި ބައެއްފަރާތްތަކުން ފަތްކެޔޮ އިންދާފައިވާތީ ދަންނަވަމެވެ. މަގުގެ ދެފަރާތުގައި ފަތްކެޔޮ އިންދާނަމަ އިންދަންވަނީ މަގަށްވުރެ 10 ފޫޓް އެތެރޭގައިކަމުން މަގުންފެށިގެން 10 ފޫޓަށްވުރެ ބޭރުގައި އިންދާފައިވާ ފަތްކެޔޮ މިއަދުން ފެށިގެން 03 ދުވަސްތެރޭގައި ނެންގެވުން އެދެމެވެ. މި މުއްދަތުގައި ނުނަގައި ހުންނަ ފަތްކެޔޮ މި ކައުންސިލުން ނަގާނެ ވާހަކަ އެންމެހައި ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

03 އޮގަސްޓް 2025