މަސައްކަތް
ނަންބަރު: (IUL)235-VAC/235/2025/16
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 07 އޮގަސްޓް 2025 11:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވ. އަތޮޅު ވޮލީ މުބާރާތް 2025" ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދިނުން

     މި ކައުންސިލުން އިންތިޒާމްކޮށްގެން 15 އޮގަސްޓް 2025 ން 24 އޮގަސްޓް 2025 އަށް "ވ. އަތޮޅު ވޮލީ މުބާރާތް" ނަމުގައި އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވ.ފެލިދޫގައެވެ. މުބާރާތް ކުރިޔަށްގެންދެވޭނީ 02 ޑިވިޜަނަން (އަންހެން އަދި ފިރިހެން) ހިމެނޭގޮތަށެވެ. މުބާރާތުގެ މެޗުތައް ހަވީރު އަދި ރޭގަނޑު ކުޅެވޭނެއެވެ.

           މި މުބާރާތް ހިނގަމުންދާ ދުވަސްވަރު ވ.ފެލިދޫ ވޮލީކޯޓް ސަރަހައްދުގައި ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ 02 (ދޭއް) ފަރާތަކަށް ފުރުޞަތު ހުޅުވާލަމެވެ. ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މި އިދާރާއަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހޭނެއެވެ. އަދި 02 (ދޭއް) ފަރާތަށްވުރެ ގިނަ ފަރާތުން މި ކަމަށް އެދި ހުށަހަޅާއިފިނަމަ، ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ނިންމާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

 

#

ކެންޓީނުގެ ޚިދުމަތަށް އެދި ހުށަހެޅުން

ގުރުއަތު ނެގުން

 

07 އޯގަސްޓް 2025، 10:30

07 އޯގަސްޓް 2025، 11:00

 

                 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

 

ނޯޓް: މި ފުރުޞަތަކީ އާއްމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއްކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު:

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: 6700502، ވައިބަރ: 7949275، އީމެއިލް: [email protected] 

03 އޮގަސްޓް 2025