ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2025/87
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 23 ސެޕްޓެންބަރު 2025 12:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހުރާ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

ކ. ހުރާ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

 

                      މި ކައުންސިލްއިން 23 ޖޫން 2025 ވަނަ ދުވަހު އިޢުލާން ކޮށްފައިވާ " ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލު" (އުޞޫލު ނަމްބަރު GU/334/2025/01:) އާއި އެއްގޮތްވާ ގޮތުގެ މަތީން ކ.ހުރާއިން ބަންޑާރަ ގޯތި ދޫކުރުމަށް މި ކައުންސިލްއިން ކަނޑައަޅައިފީމެވެ.

                      އުސޫލާއި އެއްގޮތަށް ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 1500 އަކަފޫޓުގެ 150 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ތިރީގައި އެވަނީއެވެ.

 

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަ ވާންވާނެއެވެ .

  1. ދިވެހި ރައްޔިތަކަށްވުން.
  2. ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ  އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން.
  4. ރާއްޖޭގެ އެއްވެސް ރަށަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހަކަށް ލިބި، މިފަދަ ގޯއްޗެއް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން
  5. ރާއްޖޭގެ އެއްވެސް ރަށަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފްލެޓް/ރޯހައުސން/ހައުސިންގ ޔުނިޓެއް ލިބިފައިމެ، އެގޮތީ ނުވަތަ ފްލެޓް ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން
  6. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ބަހައިގެން ބިމުން ލިބެން އޮންނަބައި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން.

ފޯމް ދޫކުރުން

 

ގޯއްޗަށް އެދި ހުށައަޅާ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2025 އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:00 އަށެވެ. ފޯމް ލިބެން ހުންނާނީ މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިންނެވެ.

 

ފޯމް ބަލައިގަތުން

 

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ނިލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން ފެށިގެން 12:00 އަށް މި އިދާރާއިންނެވެ.

 

 މި އިޢުލާނާއި އެކު "ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލު" (އުޞޫލު ނަމްބަރު GU/334/2025/01:) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

03 އޮގަސްޓް 2025