ދިވެހިރާއްޖެ
އިޢުލާނު
ކޮޅުމަޑުލު ތިމަރަފުށީ ބާއޮފީސް އާއި އެބިމުގައިވާ އެންމެހާ އިމާރާތްތައް ކުއްޔަށް ދިނުން
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ އިމާރާތް 35 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
# |
ކުއްޔަށް ދޫކުރާތަނުގެ ނަން |
ހުށަހެޅޭނޭ އެންމެ ކުޑައަގު |
ކުއްޔަށް ދޫކުރާ ތަނުގެ ބޮޑުމިން (އަކަފޫޓުން) |
1 |
ބާއޮފީސް |
-/5000 ރުފިޔާ |
7918 |
ބިޑުގައި ބައިވެރިވުމަށް ރެޖިސްޓަރވުން
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓަރ ވުމަށް 07 އޯގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން މި އިއުލާނާއެކުގައިވާ ރެޖިސްޓްރޭޝަން ފޯމު ފުރުއްވުމަށްފަހު، މި ލިންކް (https://forms.gle/SGrbxeCLk5n148ka6) މެދުވެރިކޮށް ރެޖިސްޓަރވުން އެދެމެވެ. މި ބީލަމަށް ރަޖިސްޓަރ ވެވޭނީ 500 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ. މަތީގައިވާ ލިންކު މެދުވެރިކޮށް ފައިސާ ދެއްކިކަމުގެ ސްލިޕް އަޕްލޯޑްކުރައްވަން ވާނެއެވެ.
ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައި ނުގައިންނާނެ ވާހަކަ ދަންނަވަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މިބީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ 05 އޯގަސްޓު 2025 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން 6780676 މި ނަންބަރާއި ގުޅައިގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 11 އޯގަސްޓު 2025 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 11 އޯގަސްޓު 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.