މަސައްކަތް
ނަންބަރު: (IUL)230-AHI/230/2025/45
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 05 އޮގަސްޓް 2025 13:05
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އަތޮޅު ޤުރްއާން މުބާރާތް 1447 އަށް ފަނޑިޔާރުން ހޯދުމާބެހޭ

                      2025 އޮގަސްޓް 13 އިން 16 އަށް އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ބ. އަތޮޅު ޤުރްއާން މުބާރާތް 1447 " އަށް ފަނޑިޔާރުކަން ކޮށްދެއްވާނޭ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިޢްލާނާއެކު އާއްމު ކުރެވިފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                      މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2025 އޮގަސްޓް 3 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި ނުވަތަ 6608300 ނަންބަރ ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ. ކޯޓޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޯޓޭޝަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 13:05 ގައި، މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިމަސައްކަތާއި ގުޅިގެން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އީ. މެއިލްގެ ޛަރީއާއިންވެސް ހުށަހެޅިދާނެއެވެ. އީ. މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވާ ނަމަ ފޮނުއްވާނީ، [email protected] އެވެ.

                           06   ޞަފަރު  1447

31 ޖުލައި 2025