ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2025/194
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:27
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ މަޢުލޫމާތު އެއްކުރުމާއިގުޅޭ:

ރަށްޔިތުންގެ އަސާސީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ބޭނުމަށް، މިސިޓީއިން ދޫކޮށްފައިވާ ބިންތަކާއި ގޯތިތަކުގެ ޢިމާރަތްކޮށްފައިވާ ހާލަތު ދެނެގަތުމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބޭނުންވެއެވެ.

އެހެންކަމުން ކުޅުދުއްފުށި ސިޓީއިން ބިން ނުވަތަ ގޯތި ލިބި، އެކިއެކި ސަބަބުތަކާއި ހެދި ޢިމާރާތްކުރެވިފައިނުވާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް އެމަޢުލޫމާތު 04 އޮގަސްޓް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހިއްސާކުރުމަށް ދަންނަވަމެވެ.

https://forms.office.com/r/CJ5T972LwK

31 ޖުލައި 2025