ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގެ ކޯޓްޔާޑްގައި ލައިޓް ހަރުކުރުމާއި ލޭންޑްސްކޭޕިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
އިސްލާމީ މަރުކަޒުގެ ކޯޓްޔާޑްގައި ލައިޓް ހަރުކުރުމާއި އަދި ލޭންޑްސްކޭޕިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީގެ ފަރާތުން ކޮށްފައިވާ ނަންބަރު: IUL)138-AS6/1/2015/236)ފ(3 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިނުވުމާއެކު، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފީމެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 2.00 އަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، 4120-300 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
15 ޛުލްޙިއްޖާ 1436