މަސައްކަތް
ނަންބަރު: (IUL)285-MIM/285/2025/61
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 04 އޮގަސްޓް 2025 13:15
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ޕުރީ ސުކޫލް ކުޅޭ ބިމުގައި ނުނިމިހުރި މަސައްކަތްތަކާއި ގުޅޭ

 

އިޢުލާން

ހެނބަދޫ ޕުރީ ސުކޫލް ކުޅޭ ބިމުގައި ނުނިމިހުރި މަސައްކަތްތަކާއި ގުޅޭ

                   މި ކައުންސިލްގެ އިއުލާން ނަންބަރ(IUL)285-MIM/285/2025/58  އާއި ގުޅިގެން އެއްވެސް ފަރާތަކުން މި މަސަކަތްކުރުމަށް ޝައުގުވެރިވެފައި ނުވާތީ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.

                    މި ކައުންސިލްގެ މަޢުލޫމާތު ޝީޓް އާއި އެއްގޮތަށް ހެނބަދޫ ޕުރީ ސުކޫލު ކުޅޭ ބިމުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 4 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަދި އެ ދުވަހުގެ 13:15  އަށް މި އިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުން އެދެމެވެ. ސިޓީ ހުށަހަޅާއިރު އަގު އަދި މުއްދަތު ބަޔާންކުރެއްވުން އެދެމެވެ.

                      މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި ޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ   ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ:19/2014)  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                          5 ސަފަރް 1447

                          30 ޖުލައި 2025     

                                              

                                                        ހުސައިން އަބޫބަކުރު

                                                    ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

 

 

30 ޖުލައި 2025