ކުއްޔަށް ދިނުން
ނަންބަރު: (IUL)365-ESD/365/2025/93
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 07 އޮގަސްޓް 2025 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢިބާދާތު އުނގަންނައި ދިނުމަށް ދޫކުރުން

އިޢުލާން

މަސްޖިދުލް ޢިބާދާތު އުނގަންނައި ދިނުމަށް ދޫކުރުން:

 މ.މުލީ އަންހެނުންގެ މިސްކިތް " މަސްޖިދުލް ޢިބާދާތު" އިމާރާތް، އުނގަންނައިދޭ އިމާރާތެއްގެ ގޮތުގައި ބޭނުންކުރުމަށް ޝައުގު ވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)365-ESD/365/2025/78 ( 18 ޖޫން 2025) އަށް މުއްދަތު ހަމަވީއިރުވެސް އެއްވެސް ފަރާތަކުން ޝަޢުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މި އިމާރާތުގައި އުނގަންނައި ދިނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  ޝައުގުވެރިކަން ފާޅުކޮށް 2025 އޮގަސްޓް 07 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން މި ކައުންސިލްއަށް ޕްރޮޕޯސަލް ހުށަހެޅުންވުން އެދެމެވެ.

އިމާރާތް ދޫކުރާނެ ފަރާތެއް ހޮވުމުގައި ބަލާނީ  ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށެވެ. އަދި އިސްކަންދޭނެ ތަރުތީބު ތިރީގައި މިވަނީއެވެ.

  1. ޤުރުއާން އުނގަންނައި ދިނުމަށް
  2. ސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް (މާއްދާތައް)
  3. ކޯސްތައް ހިންގުން (ޢިލްމް އުގަންނައި ދިނުން)

 ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

30 ޖުލައި 2025