ދިވެހިރާއްޖެ
މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ މަގާމަށް މީހަކު ހޯދުމަށްޓަކައި03 ޖުލައި 2025 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2025/69 ގެ އިޢުލާނުގައިވާ އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ޞަފަރު 1447
30 ޖުލައި 2025