މަސައްކަތް
ނަންބަރު: (IUL)438-RDS/1/2015/135
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 22 އޮކްޓޫބަރު 2015 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.)ގެ ފަރާތުން ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަލައި ދިރާސާކުރުމަށްފަހު ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: IUL)438-RDS/1/2015/118)ފ(10 ސެޕްޓެންބަރު 2015) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ މަދު ފަރާތްތަކަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ މަޤުޞަދަކީ ތިލަފުށީގައިވާ ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތައް ބޭނުންކުރެވޭ ފެންވަރަށް މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެ މަސައްކަތްތަކަށް ދާނެ ޚަރަދާއި މުއްދަތު ކަނޑައެޅޭނޭވަރުގެ މަޢުލޫމާތު އެއްކުރުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކޮންސަލްޓަންޓުންނަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ.

ހުށަހަޅަންވީ ތަކެތި

  • ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރެވޭނެ އަގު
  • މަސައްކަތް ނިންމޭނެ މުއްދަތު
  • މަސައްކަތް ކުރާ ފަރާތުގެ މަޢުލޫމާތު (ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ)
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ އީމެއިލްގެ ޒަރީޢާއިން ނުވަތަ ލިޔުމަކުން 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކުން 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހަޅުން އެދެމެވެ. ކުރިން ސިޓީއުރައިގެ ބޭރުގައި "ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ" މިހެން ޖެއްސެވުމަށްފަހު ތިރީގައިވާގޮތަށް އެޑްރެސްކޮށް ރައްދުކުރަންވާނެއެވެ. މިވަގުތުގެ ފަހުން ރައްދުކުރެވޭ ބީލަންތައް ބަލައިއެއްނުގެނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން

މާލެ، ދިވެހިރާއްޖެ

އީ.މެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ފޯން: 3018431 (960+) ، 3018368 (960+) ފެކްސް: 3018301 (960+)

01 އޮކްޓޫބަރު 2015