ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 ޖުލައި 2025 20:36 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ރ. އަތޮޅު ޤުރްއާން މުބާރާތަށް ހޮވިފައިވާ ކުދިންގެ މަޢުލޫމާތު ޢާންމު ކުރުން
ރ. އަތޮޅު ޤުރްއާން މުބާރާތުގައި ވާދަކުރުމަށް ހޮވިފައިވާ ކުދިންގެ މަޢުލޫމާތު މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާ ވާހަކަ ދަންވަމެވެ.
ރ. އަތޮޅު ޤުރްއާން މުބާރާތުގައި ވާދަކުރުމަށް ބަލައިގެން ކިޔެވުމުގެ ބައިން ކުދިން ހޮވުމުގައި ބަލާފައިވާނީ، ރަށު ކައުންސިލް ޤުރްއާން މުބާރާތުން 60 މާރކްސްއަށް ވުރެ މަތިން މާރކްސް ހޯދާފައިވާ ކުދިންނަށެވެ. އަދި ނުބަލާ ކިޔެވުމުގެ ބައިން ކުދިން ހޮވުމުގައި ބަލާފައިވާނީ ރަށު ކައުންސިލް ޤުރްއާން މުބާރާތުން 50 މާރކްސްއަށްވުރެ މަތިން މާރކްސް ހޯދާފައިވާ ކުދިންނަށެވެ. އާންމުންގެ ބައިން ބައިވެރިން ހޮވުމުގައި ބަލާފައިވާނީ ރަށު ކައުންސިލް ޤުރްއާން މުބާރާތުން 60 މާރކްސްއަށްވުރެ މަތިން މާރކްސް ހޯދާފައިވާ ބައިވެރިންނަށެވެ. އެހެންކަމުން ރ. އަތޮޅު ކައުންސިލް ޤުރްއާން މުބާރަތަށް ހޮވިފައިވާ ބައިވެރިންގެ ތެރެއިން ކިޔެވުމުގެ ގޮފި ބަދަލު ކުރުމަށް ބޭނުންވާ ބައިވެރިއަކުވާނަމަ ނުވަތަ އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ޢުޒުރުވެރިވާ ބައިވެރިއަކުވާނަމަވެސް އެކަން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން މި ކައުންސިލަށް އެންގެވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
04 ޞަފަރު 1447