ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2025/25
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 18 ސެޕްޓެންބަރު 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

މި އިޢުލާންވަނީ 10 އޮގަސްޓް 2025 14:25 ގައި ބާތިލް ކުރެވިފައެވެ.


ދ.މީދޫގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް "ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ފާސްކުރުމަށް 2025 ޖުލައި 23 ވަނަ ދުވަހު ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 15 ވަނަ އާންމު ޖަލްސާއިން ފާސްކޮށް ރަށުގެ ޗާޓުގައި ފާހަގަ ކޮށްފައިވާ އަމީނީމަގުން ދެކުނަށް ހިއްކިބިމުގައި ދިރިއުޅުމަށް  ދޫކުރުމަށް ކަނޑައަޅާފައިވާ 1200 (ބާރަ ސަތޭކަ) އަކަފޫޓުގެ 140 (ސަތޭކަ ސާޅީސް)  ގެވަޅު އޮތް ސަރަހައްދުން (ރަށުގެ ހިއްކި ސަރަޙައްދުން އަމީނީމަގުގެ ދެކުނު) ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު، އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ފޯމް ދޫކުރުން

ފޯމް ދޫކުރާނީ: މިއިދާރާގެ ކައުންޓަރުންނެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްއިން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމް ދޫކުރާ ތާރީޚް: 29 ޖުލައި 2025 ވާ އަންގާރަ ދުވަހުންފެށިގެންނެވެ.

ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00ން 13:00ށް

ފޯމް ބަލައިގަތުން

ފޯމް ބަލައިގަންނާނީ: ދ. މީދޫ ކައުންސިލް އިދާރާ

ފޯމް ބަލައިގަތުން އޮންނާނީ:  2025 އޮގަސްޓް 13 ވާ ބުދަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ށެވެ.

ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00ށް

ނޯޓް: މި އިޢުލާނާއި އެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެ އެވެ.     

  • ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު (PP)375/375/2025/1
  • ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  • ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް، ރަށުގެ ބިނާވެށި ޕްލޭން
  • އިޤްރާރް ޕޯމް
24 ޖުލައި 2025