މަސައްކަތް
ނަންބަރު: KS-B/IUL/2025/06
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 29 ޖުލައި 2025 14:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
48 އެލްމިނިއަމް ޖާލީ ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

48 އެލްމިނިއަމް ޖާލީ ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތައް 48 ޖާލީ އެލްމިނިއަމުން ހަދައި ހަރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޖުލައި 25 ން 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.gle/dmJZtvdaH3SNr4R2A

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޖުލައި 30 ވަނަ ދުވަހުގެ 14:00 ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 05 ވަނަ ދުވަހުގެ 11:00 ގައި ކަލާފާނުސްކޫލު ގައެވެ.
  3. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަލާފާނު ސްކޫލު

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ.                                                                 

ފޯން: 3328991

އީ-މެއިލް: [email protected]

24 ޖުލައި 2025