މަސައްކަތް
ނަންބަރު: F12C-A/2025/19
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 07 އޮގަސްޓް 2025 10:30
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ ކަރަންޓް ތްރީފޭސް ފޭސް ކަރަންޓަށް ބަދަލުކުރުމާއި ގުޅޭ

އިޢުލާނު

 

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ ކަރަންޓް ތްރީފޭސް ފޭސް ކަރަންޓަށް ބަދަލުކުރުމާއި ގުޅޭ

ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ ކަރަންޓް ވިއުގަ ތްރީފޭސް ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ  "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ށް މިކޯޓަށް ވަޑައިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. މިއިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އަދި އެސްޓިމޭޓް ހުށަހަޅާފޯމް އެޓޭޗް ކުރެވިފައިވާ ވާނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6608011 ގުޅުއްވައިގެން ނުވަތަ  [email protected]  އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

24 ޖުލައި 2025