ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2025/106
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 31 ޖުލައި 2025 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ރަށުގެ ދެކުނުކޮޅު އުރީދޫ ސައިޓް ހިމެނޭ ކޮށިން ވަގުތީ އޮޑީހަރުގެ އެޅުމަށް ބިންދޫކުރުމަށް ފާހަގަކުރެވިފައިވާ ސަރަހައްދުގައި ފެހިކުލައިން ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރިން އަދި ރުއްގަސް އަމިއްލައަށް ނަގައި ގެންދިއުމަށް ބޭނުންވާ ފަރާތްތައް ހޯދަންބޭނުންވެއެވެ. ވީމާ، [ރުއްގަހުގެ މަޢޫލޫމާތު ހުށަހަޅާ ފޯމު] ފުރިހަމަކުރުމަށްފަހު 31 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. [ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމު] މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

24 ޖުލައި 2025