ދިވެހިރާއްޖެ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ މަސްފިހާރަ-1 އާބާތުރަ ފިލުވުމާއި އަލުން ޑިޒައިންކުރުމުގެ މަސައްކަތް ފުރިހަމައަށް ކުރުމަށްޓަކައި، ޤާބިލު އަދި ތަޖުރިބާކާރު އާކިޓެކްޗަރަލް ކުންފުނިތަކުން ނުވަތަ އަމިއްލަ އާކިޓެކްޓުންގެ ފަރާތުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމުގެ ޝެޝަންއަށްފަހު، ބައިވެރިލެއްވިފަރާތްތަކަށް އާރް.އެފް.ޕީ އީމެއިލް ކޮށްދެވޭނެވާހަކަ ދަންނަވަމެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް ތާރީޙް |
ތާރީޙް |
ވަގުތު |
|
މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
30 ޖުލައި 2025 |
ހެނދުނު 11:00ގެ ކުރިން |
މަޢުލޫމާތު ދިނުމުގެ ސެޝަން (ރަޖިސްޓްރީ ކުރެއްވި ފަރާތްތައް އެކަނި) |
މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި |
30 ޖުލައި 2025 |
މެންދުރު 14:00ގެ ކުރިން |
ބީލަން ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
06 އޮގަސްޓް 2025 |
މެންދުރު 13:00ގެ ކުރިން |
ބީލަން ހުޅުވުމުގެ ބައްދަލުވުމުގެ ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
06 އޮގަސްޓް 2025 |
މެންދުރު 13:00ގެ ކުރިން |
ބީލަން ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
06 އޮގަސްޓް 2025 |
މެންދުރު 14:00ގެ ކުރިން |
މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.