ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/78
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 30 ޖުލައި 2025 22:59
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބަސްދުއްވުމަށް ދަތިވާގޮތަށް ހުރި ގަސްގަހުގެ އަފިތައް ކޮށުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އިމުން ބޭރަށް، ހުރިގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތަކުގެ ސަބަބުން ހިނގާބިނގާވެއުޅޭ މީހުންނަށާއި އެއްގަމުގައި ދުއްވާ އުޅަދުފަހަރުގެ ތެރެއިން ޕިކަޕްތަކާއި، ލޮރީ، އެކްސަވޭޓަރ އަދި އާރު.ޓީ.އެލް ބަސް ފަދަ އުޅަނދުތައް ދުއްވުމަށް އުނދަގޫވެ ގެއްލުން ލިބޭކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި މިނޫނަސް ގޯތިގެދޮރުގައި ހައްދާފައިވާ ރުއް ގަސްތަކުގެ ސަބަބުން އަވަށްޓެރި ގެތަކުގެ ފުރާޅު ނުވަތަ ގެދޮރަށް ކުނި އެޅި އުނދަގޫވާ ކަމުގެ ޝަކުވާވެސް ތަކުރާރުކޮށް ކައުންސިލަށް ލިބެމުންދާކަން ފާހަގަ ކުރަމެވެ.

އެގިވަޑައިގަންނަވާނެ ފަދައިން މިހާރު ކެނދިކުޅުދޫގައި އާރު.ޓީ.އެލް ބަހުގެ ޚިދުމަތް ފަށާފައިވާއިރު މި ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނީ މަގާއި ގޯތިތަކުގެ އިމުން ބޭރަށް ހުރި ގަސްތަކާއި ރުއްތަކުގެ ފަންތައް ކޮށައި ސާފުކޮށްގެން ކަމުގައި ދަންނަވަމެވެ. އެހެންކަމުން، މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުން ބޭރަށް 12 ފޫޓު ތިރިއަށް ފައިބާފައި ހުރި ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް މިއިޢުލާނުގައިވާ ތާރީޚުން ފެށިގެން 07 ދުވަސް ތެރޭގައި ކޮށާ ސާފުކުރުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 މުޙައްރަމް 1447

23   ޖުލައި  2025

23 ޖުލައި 2025